Friday, January 20, 2012

ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސްގެ ތަފާތު

މިލިޔުމުގައި މިބަލާލަނީ، ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސް ގެ ތަފާތުތަކަށެވެ. އިންޓަރނެޓުގައިވާ ޓެކްނޮލޮޖީ ވެބްސައިޓުތަކުގައި މިކަމާބެހޭގޮތުން ތަފާތު ގިނަ ބަޙުޘްތައްވަނީ ކޮއްފައެވެ. ތިރީގައި މިވަނީ އޭގެ ޚުލާޞާއެކެވެ. މި ދެ އޮޕަރޭޓިންގ ސިސްޓަމްޓަމްގެ ތެރޭން އެންމެ ރަނގަޅު އަދި ކަމުދާ އޯ.އެސްއެއް ކަނޑައަޅާނީ ކިޔުންތެރިންނާއި ބޭނުންކުރާ 
ފަރާތްތަކުންނެވެ
ކޮމްޕިޔުޓަރު ހުޅުވުންމެކްގައި އެޕްލިކޭޝަން (ޕްރޮގްރާމް / ސޮފްޓްވެއަރ) ތަކާއި ޑްރައިވްތަކަށް އަވަހަށް އެކްސެސްވެވޭނެއެވެ. ނަމަވެސް، ވިންޑޯސް 7 ލޯޑްވުމަށްފަހު މިކަންކަން ކުރުމަށް މެކްއަށްވުރެ ގިނަ ވަގުތު ނަގާނެއެވެ
ފޯލްޑަރ ވިންޑޯމެކް ފޯލްޑަރުތަކުގައި، ވިންޑޯސް 7 އާ އަޅާބަލާއިރު، ފޯލްޑަރާއި ފައިލްތަކުގެ ސެޓިންގތައް ބަދަލުކުރުމަށް މާގިނަ އޮޕްޝަންތައްވެއެވެ
ޓާސްކްބާރމެކްގައިވާ ޑޮކްގެ އެހީގައި، އެޕްލިކޭޝަންތަކާއި ފައިލްތަކާއި ފޯލްޑަރުތައް ހުޅުވުމަށް ވަރަށް ފަސޭހައެވެ. އޭރަކު ހުޅުވާފައިވާ ހުރިހާ އެއްޗެއް ޑެސްކްޓޮޕުން ޕްރިވިއު ކޮއްދެއެވެ. ވިންޑޯސް 7 ގެ ޓާސްކްބާރވެސްވަނީ ކުރިޔަށްވުރެ ތަރައްޤީކޮއްފައެވެ. ހުޅުވާފައިހުންނަ އެޕްލިކޭޝަންތައްވެސް ޕްރިވިއުކޮއްދެއެވެ. ނަމަވެސް، މެކްގައި ވާހެން ފޯލްޑަރުތަކާއި، ފައިލްތަކާއި އެޕްލިކޭޝަންތައް އެކީ ޕްރިވިއުކޮށެއް ނުދެއެވެ
ގެޖެޓްސްމައިކްރޮސޮފްޓުންނާއި އެޕަލްއިންވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެމީހުންގެ އޯ.އެސްތަކަށް ކުދިކުދި ތަފާތު ގެޖެޓުތަކެއް ހަދާފައެވެ. ގެޖެޓްއަށްބަލާއިރު، ވިންޑޯސް 7 ގައި މިކަން ފަރުމާކުރެވިފައިވާގޮތް މާ ފުރިހަމައެވެ. އެއީ، ސްކްރީނުގައި ހުޅުވާފައިވާ އެހެން ފައިލެއް ނުވަތަ ޕްރޮގްރާމެއް ހުއްޓަސް، ގެޖެޓް ފެންނާނެއެވެ. ނަމަވެސް، މެކްގައި އެއްޗެއް ހުޅުވާލާއިރަށް ގެޖެޓްތައް ގެއްލޭނެއެވެ
ކޮންޓްރޯލް ޕެނަލްވިންޑޯސް 7 އަށްވުރެ މެކްގެ ކޮންޓްރޯލް ޕެނަލް މާ ފަސޭހައެވެ. މެކްގެ ސިސްޓަމް ޕްރިފަރެންސް މެދުވެރިކޮށް، ތަފާތު ބަދަލުތައް ގެނައުމަށް މާފަސޭހައެވެ. ހުރިހާއެއްޗެއްވެސްވަނީ ވަރަށް ވަކިކުރެވި ގިންތިކުރެވި ރޭވިފައެވެ. ނަމަވެސް، ވިންޑޯސް 7 ގެ ކޮންޓްރޯލް ޕެނަލްއުން ގިނަ ވިންޑޯތަކެއް ހުޅުވެއެވެ. އެހެންކަމުން، އޮޅުންބޮޅުން އެރުމަށް މަގުފަހިވެއެވެ
ފޯލްޑަރ އެކްޝަންސްވިންޑޯސް 7 ގައި ފޯލްޑަރ އެކްޝަންތައް މާގިނައެވެ. އެހެންކަމުން، މިއީ މެކަށްވުރެ ވިންޑޯސް ކުރީގައި އުޅޭ ކަމެއްކަން ފާހަގަކޮއްލަންޖެހެއެވެ. ވިންޑޯސް 7 ގައި ފައިލެއް ސޭވްކުރުމަށް ފިތާލުމުން ދެން އަންނަ ވިންޑޯއިން ގިނަ ސެޓިންތަކެއް ހެދެއެވެ. މިސާލަކަށް، އެ ވިންޑޯތެރޭން ފެންނަ އެހެން ފައިލާއި ފޯލްޑަރުތަކުގެ ނަންބަދަލުކޮށް، ކޮޕީކޮށް ޕޭސްޓްކޮށް އެކިއެކި ބަދަލުތައް ގެނެވެއެވެ. ނަމަވެސް، މެކްގައިޖެހޭނީ، ފުރަތަމަ ސޭވްކުރާށެވެ. ބަދަލުތައް ގެނެވޭނީ އޭގެ ފަހުންނެވެ
މެނޭޖްމަންޓްމެކަށްވުރެ، ވިންޑޯސް 7 ގެ އިންޓަރފޭސް މާ ވިޝުއަލްއެވެ
ބެކްއަޕްމެކްގެ ޓައިމް މެޝިން ގެ އެހީގައި ބެކްއަޕް ނެގުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް، ވިންޑޯސް 7 ގައި މިކަން ކުރުން އެހާ ފަސޭހައެއް ނޫނެވެ
ފައިލްޝެއަރިންގމެކްގައި ފައިލް ޝެއަރ ކުރުންވެސް ވިންޑޯސް 7 އަށްވުރެ މާފަސޭހައެވެ
ނިންމުންމިލިޔުން ފަށަމުންވެސް ދަންނަވާލިފަދައިން، މިދެއޮޕަރޭޓިން ސިސްޓަމްގެތެރޭން ރަނގަޅުއެއްޗެއް ނިންމާނީ ކިޔުންތެރިންނެވެ. އަޅުގަނޑު ލިޔެފައިވާނީ، ބޭނުންކުރާމީހުންގެ ޚިޔާލާއި ދެ އޯ.އެސްގެ ތަފާތުކަންތައްތަކަށް ބަލާފައެވެ

No comments:

Post a Comment